13 Nov 2018, 14:42
އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގައި ހުންނާނީ 19 މިނިސްޓްރީކަން އިއުލާނުކޮށް، އެ 19 މިނިސްޓްރީ އިއުލާނުކޮށްފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އާ ސަރުކާރުގައި ހިމެނޭނީ 19 މިނިސްޓްރީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީސް ކަމަށެވެ.
ސަރުކާރުގައި ހިމެނޭ 19 މިނިސްޓްރީގެ ތެރޭގައި ބައެއް މިނިސްޓްރީތަކުގެ މެންޑޭޓާއި ނަން ބަދަލުވާނެ ކަމަށާއި، އާ މިނިސްޓްރީތަކެއް އުފެދޭނެކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
އާ ސަރުކާރުގައި އަލަށް އުފައްދާ މިނިސްޓްރީތައް:
- މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން
- މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ
މެންޑޭޓަށް ބަދަލު ގެނެވޭ މިނިސްޓްރީތައް:
- މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ
- މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސެސް
- މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާ
- މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވެލޮޕްމެންޓް
- މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް
ނަން ބަދަލުކުރެވޭ މިނިސްޓްރީތައް:
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަން،މިނިސްޓްރީ އޮފް ޑިފެންސްއަށް.
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ ނަން،މިނިސްޓްރީ އޮފް ފިނޭންސްއަށް.
- މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާޖީގެ ނަން،މިނިސްޓްރީ އޮފް އެންވާރަމަންޓަށް.
އެއްވެސް ބަދަލެއް ނުގެންނަ މިނިސްޓްރީތައް:
- މިނިސްޓްރީ އޮފް ހޯމް އެފެއާޒް
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން
- މިނިސްޓްރީ އޮފް ޓޫރިޒަމް
- މިނިސްޓްރީ އޮފް ހެލްތު
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
މީގެ އިތުރުން ކެބިނެޓުގައި ދެން ހިމެނޭނީ ބަންޑާރަ ނައިބެވެ.
އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ ވިދާޅުވީ 14 މިނިސްޓްރީއާއެކު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި މިވަގުތު 700 އެއްހާ ސިޔާސީ މަގާމުތައް އުފައްދާފައިވާ ކަމަށާއި، ނަމަވެސް އިބޫގެ ސަރުކާރުގައި އެ އަދަދުން 100 އެއްހާ މަގާމު މަދުވާނެ ކަމަށެވެ.
އަދި ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދުތައް މިހާރަށް ވުރެ 16 ޕަސަންޓު ކުޑަވަނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ