ބޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން މިލު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ގާނޫނު އަސާސީއަށް 2015 ވަނަ އަހަރު އިސްލާހު ގެނެސްފައި ވަނީ ވަކި ހާލަތްތަކެއްގައި ވަކި ކަންތައްތަކެއް ކުރުމަށް ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށެވެ.

އެ އިސްލާހު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ފަރާތުން މާފަންނު ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު އެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގައި އިހު އޮތް ގޮތަށް އެ މާއްދާ އިސްލާހު ކުރާށެވެ. އެއީ ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖޭން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ގޮތަށެވެ.

އަދި ރާއްޖޭނެ ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ވެސް ގޮތަކަށް ދެވެނީ 99 އަހަރަށް ކަމަށް ކަނޑައަޅަން ވެސް އެ އިސްލާހުގައިވެ އެވެ.

ރާއްޖޭން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ވަކި ޕްރޮޖެކްޓްރަކެއް ހިންގަން މަޖިލީހުން ފާސްކޮށް ބޭޭރުގެ ފަރާތްތަކަށް ރާއްޖޭން ބިން ދޫކުރެވޭނެ ކަމަށެވެ.