13 Nov 2018, 12:58
ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުފަހަރުން ފީނެގުމަށް ބޭނުންވާ ޓޯލް ސިސްޓަމް ގާއިމު ކުރުމަށް ބަޖެޓުގައި 56.8 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
މިއަދު މަޖިލީހަށް ހުށހެޅި 29.6 މިލިއަން ބަޖެޓުގައި ބްރިޖުގެ ޓޯލް ސިސްޓަމް ހަރުކުރުމަށް ބަޖެޓު ކޮށްފައިވާ އިރު އެ މަސައްކަތް މިހާރު ވަނީ ބަޔަކަށް އެވޯޑުކޮށްފައި ކަމަށް ބުނެފައިވެ އެވެ. އެ މަސައްކަތް ހަވާލުކުރީ ކޮން ބަޔަކާ ކަމެއް ނޭނގެ އެވެ.
ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގައި އެޅި ސިނަމާލެ ބްރިޖު އާންމުންނަށް ހުޅުވާލާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. ބްރިޖުން ދަތުރުކުރާ އެއްވެސް އުޅަނދަކުން ފީ ނަގަން ފަށާފައި ނުވާ އިރު އެ މަސައްކަތް ކުރާނީ އާ ސަރުކާރުން ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
ބްރިޖު މާލޭ ކޮޅުގައި އަދި ހުޅުލެ ކޮޅުގައި ޓޯލް ސިސްޓަމެއް ހަރު ކުރާނެ އެވެ. ޓޯލް އިން ލިބޭނީ ކިހާ ފައިސާއެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ބަޖެޓުގައި ބްރިޖު މަޝްރޫއަށް އިތުރު 53.2 މިލިއަން ރުފިޔާ ވެސް ވަނީ ހިމަނައިފަ އެވެ.