13 Nov 2018, 10:23
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނި ގޮތުގައި، އެ ކުންފުނިން ތެލުގެ އަގު ހެޔޮކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެންނެވެ.
އެގޮތުން، 11.39 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގުން 20 ލާރި، އަދި 12.09 ރުފިޔާއަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގުން 10 ލާރި ހެޔޮކޮށްފައިވާނެ ކަމަށް އެސްޓީއޯޢިން ބުންޏެވެ.
މިއަދުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާނެ އަގަކީ 11.19 ރުފިޔާއެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނެ އަގަކީ 11.99 ރުފިޔާއެވެ.
މި އަހަރުގެ ތެރޭގައި ތެލުގެ އަގު ތަފާތު ހަ ފަހަރެއްގެ މަތިން ބޮޑުކޮށްފައިވާ އިރު، ނިމިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.