13 Nov 2018, 08:43
ގައުމީ އެއާލައިން މޯލްޑިވިއަނުން އައްޑު އަތޮޅު ގަމުން ޓްރިވެންޑްރަމަށް 99 ޑޮލަރުގެ ފެއާއެއް ހުޅުވާލައިފިއެވެ.
މިއީ އެއްކޮޅަށް ދަތުރުކުރެވޭ ފެއާއެކެވެ.
މޯލްޑިވިން އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މިއީ އަންނަ މަހު އެއްވަނަ ދުވަހަށް އެކަނި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ފެއާއެއް ކަމަށެވެ.
މޯލްޑިވިއަންއިން ވަނީ އަންނަ މަހު އެއްވަނަ ދުވަހު، ގަމުން ޓްރިވެންޑްރަމްއަށް އަދި މާލެއަށް 250 ޑޮލަރުން އެއްކޮޅަށް ދަތުރުކުރެވޭ ފެއާއެއްވެސް ހުޅުވާލައިފައެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިއީ އެހެން އަހަރުތަކެކޭ އެއްފަދައިން ސްކޫލު ބަންދާ ދިމާކޮށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
މާލެއާއި ގަމާ ދެމެދު މިހާރު އުދުހެމުންދަނީ ހަމައެކަނި މޯލްޑިވިއަންއިންނެެވެ. ނަމަވެސް ވިލާގެ ފްލައިމީ އިންވެސް ދަނީ އެ ދެމަދުގައި އުދުހުންތައް ބޭއްވުމަށް ތައްޔާރީތައް ވަމުންނެވެެ.
ދާދި ފަހުން އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށް އެހެން އެއާލައިންއެއްވެސް ވަނީ އެ ދާއިރާއަށް ނުކުމެފައެވެ. މަންތާ އެއާލައިން އިން ބުނީ އެ އެއާލައިންގެ ހިދުމަތް ދ،ބ،ރ އަދި ތ އަތޮޅަށް ދިނުމަށް ތައްޔާރުވަމުންދާ މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.