12 Nov 2018, 18:35
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި ނައިބު ލީޑަރަކަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ހަމަޖައްސައިފިއެވެ.
މިކަން އިއުލާން ކުރެއްވީ މިއަދު އެޕާޓީގެ އިދާރާ، މާފަންނު ކުނޫޒްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.
ދާދި ފަހުން މިޖިލިސް ރައީސް ކަަމަށް އިންތިހާބުވި، ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ، އެމަނިކުފާނު މަޖިލިސް ރައީސް ކަމަށް އިންތިހާބުވުމުން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) ގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެމަނިކުފާން ވިދާޅުވީ މިހާރު އެ ޕާޓީގެ ޕީޖީ މެމްބަރުން އެއްބަސްވެފައިވަނީ ޕީޖީގެ ލީޑަރުކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އައްޔަން ކުރަން ކަމަށާއި އަދި ނައިބު ލީޑަރަކަށް ކެންދޫ ދައިރާ މެމްބަރު، އަލީ ހުސައިން ކަމަށެވެ.
އަދި މިކަން ރަސްމީކޮށް މިރޭ ޕީޖީ ގޫރޫޕުން ބާއްވާ ބައްދަލުވުމުން ނިންމަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރިޔާޒް ކުރިން ހުންނެވީ އެ ޕާޓީގެ ޕީޖީގެ ނައިބު ލީޑަރެއްގެ ގޮތުގައި އެވެ. އަދި ރިޔާޒް އަކީ އަކީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ މަގާމުވެސް ފުރުވަމުން ދާ ބޭފުޅެކެވެ.