ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން އައީ ހުޅުމާލޭގައި ދިރިއުޅޭ، ގއ. މާމެންދުއަށް ނިސްބަތްވާ އުމުރުން 14 އަަހަރުގެ އަންހެން ކުއްޖަކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އެ ކުއްޖާ ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކުއްޖާގެ އާއިލާއިން ކުރިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ކުއްޖާ ގެއްލިގެން ހޯދަން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 20:00 އިން ފެށިގެން ކަމަށެވެ.

އާއިލާއިން ބުނީ އެ ކުއްޖާ ހުޅުމާލޭގައި ދިރިއުޅެނީ ކުއްޖާގެ ބޮޑުދައިތައަކާ އެކު ކަމަށެވެ. އަދި ހުޅުމާލެއަށް ބަދަލުވީ ކިޔެވުމަށް ކަމަށް ބުންޏެވެ. ކުއްޖާގެ މައިންބަފައިން ދިރިއުޅެމުން ދަނީ ރަށުގައެވެ.