ޒުވާނުންތަކެއް ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް އަރައި ގަވާއިދާ ހިލާފަށް ފޮޓޯ ނެގި މައްސަލަ ބަލަން ގިނަ ބަޔަކު ގޮވާލަން ފަށައިފި އެވެ.

ޒުވާނުންތަކެއް ފަނޑިޔާރުންގެ ބެންޗެއްގައި ތިބެ ނަގާފައިވާ ފޮޓޯތައް އާންމު ވީ މިއަދު އެވެ. މީސް މީޑިއާގައި އާންމުވި އެ ފޮޓޯތަކުގައި ފެނިގެން ދަނީ ޖުވެނައިލް ކޯޓުގެ ތެރެ އެވެ.

ކޯޓުތަކުން ޝަރީއަތުގެ މަޖިލީސްތަކަށް މީހުން ވައްދަނީ ފޯނު ހިމެނޭ ގޮތަަށް ހިފާ ގެންގުޅޭ ތަކެތި އަތުލުމަށް ފަހު އެވެ. އެެހެންކަމުން ފޮޓޯތަކުގައި ފެންނަ ޒުވާނުންނަށް ޝަރީއަތުގެ މަޖިލީހަށް ފޯނާ އެކު ވަދެވި އެ ފޮޓޯޓައް ނަގަން ފުރުސަތު ލިބުނީ ކިހިނެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކޯޓެއްގެ ތެރޭގައި ޒުވާނުންތަކެއް ނެގި ފޮޓޯއެއް--

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ގިނަ ބަޔަކު ގޮވާލަމުންދާއިރު އެކަމާ ގުޅިގެން ވަރަށް ބޮޑަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ކޯޓު ތެރޭގައި ފޮޓޯ ނެގި މައްސަލައާ ގުޅިގެން ޓްވީޓު ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ވިދާޅުވީ ފަނޑިޔާރުންނާ ގޭންގުތަކާ ގުޅުން އޮންނަ ކަމީ ސިއްރެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ސަލާމަތައްޓަކައި އަދި އެ ޒުވާނުން ކުށްކުރުމުން ދުރު ކުރުމަށްތަކައި އެފަދަ ފަނޑިޔާރުން މަގާމުން ވަކި ކުރަން ޖެހޭ ކަމަށެވެ.

މަހްލޫފު ވިދާޅުވީ ކުރިއަށް އޮތް ސަރުކާރުގައި ގޭންގު މާރާމާރީތައް ހުއްޓުވުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.