ލޯބީގެ ހެއްވާ ފިލްމުތައް ކުޅެ ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމީތަރި މެގް ރަޔަން 56، އެންގޭޖްވެއްޖެއެވެ.

މެގް ރަޔަން އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ އަދި މިއުޒިޝަން ޖޯން މެލެންކެމްޕްއާ 67، އެވެ. މިދެމީހުން އެންގޭޖްވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހުގައެވެ.

މެގް އާއި ޖޯން އެންގޭޖްވެފައިވާ ކަން އިއުލާން ކުރީ މެގްގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

View this post on Instagram

ENGAGED!

A post shared byMeg Ryan(@megryan) on

ޖޯން ވަނީ މީގެ ކުރީން ވެސް ހަތަރު ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެނިތަކަށް ޖުމްލަ ފަސް ދަރީން ވަނީ އޭނާއަށް ލިބިފައެވެ. ޖޯން އާއި މެގް ލޯބީގެ ގޮތުން ގުޅުނީ 2011 ވަނަ އަހަރުގައެވެ.

އެންގޭޖް ވި ކަން އިއުލާން ކުރި ނަމަވެސް މި ދެ މީހުން ކައިވެނި ކުރާނެ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެއެވެ.