އާރަށުގައި ރައީސް ޔާމީން ގަނޑުވަރެއް ބިނާކުރައްވާފައިވާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ފޮޓޯތަކެެއް ދައުރުވާން ފަށައިފި އެވެ.

މި ފޮޓޯތައް އެންމެ ފުރަތަމަ އާންމުކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. މަހުލޫފު އާންމު ކުރެއްވި ފޮޓޯ އާއެކު އެ ގަނޑުވަރުގެ އިތުރު ފޮޓޯތަކެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ތިން ބުރިއަށް އިމާރާތްކޮށްފައިވާ އެ އިމާރާތް ބަލާބެލުމަށް ސިފަވަނީ "ކާސްލް" އެއްގެ ގޮތުގަ އެވެ. މަހުލޫފު ވިދާޅުވެފައި ވަނީ އެ އިމާރާތަކީ ގަދަބާރުން މުޅި އުރުުމު ވެރިކަމުގައި ހުންނެވޭނެ ކަމަށް އުއްމީދުކޮށް ސިފައިން ލައްވައި ރައީސް ޔާމީން ބިނާކުރެއްވި ގަނޑުވަރެއް ކަމަށެވެ.

ނަމަވެސް އާރަށަކީ ވެރިކަމުގައި ހުންނަވާ ރައީސުންނަށް ހާއްސަ ރަށެކެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން އެ ރަށަކީ ރައީސުންގެ މުނިފޫހި ފިލުވައިލުމަށް ހާޢްސަވެފައި އޮތް ރަށެކެވެ.

އާރަށުގައި ރައީސް އިމާރާތްކުރެއްވި އިމާރާތް -- ފޮޓޯ: ޓްވިޓާ

މަހުލޫފުގެ ޓްވީޓާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއީ ރައީސް ޔާމީން އަށް ހާއްސަކޮށް ބިނާކުރި ތަނެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ބިނާކުރެއްވުމުންނެވެ. އާރަށަކީ ކޮންމެ ރައީސަކު ވެސް ބޭނުންކުރައްވާނެ ރަށެއްކަމަށާއި އެރަށުގެ އިމާރާތްތައް ވެސް ދެން ވަޑައިގަންނަވާ ރައީސުންނަށް ވެސް ބޭނުންކުރެވޭނެ ކަމަށް ބުނެ ޓްވިޓާގައި ވަނީ ހިޔާލު ފާޅުކޮށްފަ އެވެ.