10 Nov 2018, 20:04
މޫސުން ގޮސްވެ، ވިސްސާރަވުމުގެ ސަބަބުން ގާޒީ ސްކޫލްގެ ޕީޓީއޭ އިން ކުރިއަށް ގެންދާ "ޢާޒީ ނައިޓް މާކެޓް" މާދަމާ އަށް ފަސްކޮށްފި އެވެ.
"ގާޒީ ނައިޓް މާކެޓް" އަކީ ހުޅުމާލޭ، ރުއްގަނޑު ދޭއް، ސުވިމިން ޓްރެކް ސަރަހައްދުގައި ކުރިއަށްދާ އެ ސްކޫލްގެ ފަންޑްރައިސިން ހަރާކާތެކެވެ.
އެ ސްކޫލްގެ ޕީޓީއޭ ނައިބު ރައީސް މުހައްމަދު ހުސައިން މަނިކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ މިައަދު ވިއްސާރަ ވުމުގެ ސަބަބުން ކުރިން މިއަދަށް ނިންމަން ހަމަޖެހިފައިވާ ނައިޓް މާކެޓް ފަހު ރެޔަކަށް މާދަމާ ކަމުގައި ހަމަ ޖައްސާފައިވާ ކަމަށެެވެ. އެހެން ކަމުން މިރޭ ނައިޓް މާކެޓް ނޯންނާނެ ކަމަށް އެނާ ބުންޏެވެ.
މިމަހު އެއް ވަނަ ދުވަހުން ފެށިގެން ދިހަ ދުވަހަށް ކުރިއަށް ގެންދާ މި ނައިޓް މާކެޓްގައި 127 ސްޓޯލް ބައިވެރިވެއެވެ.
މުހައްމަދު ބުނީ މި ފަންޑް ރައިޒިން ހަރަކާތުން ލިބޭ ފައިސާ ބޮޑަށް ބޭނުން ކުރަނީ އެ ސުކޫލް ކުދިންގެ ސޯޝަލް ސެކުރިޓީއަށް ކަމަށެވެ. އެގޮތުން ކުދިންގެ ރައްކާތެރިކަމަށް މުޅި ސުކޫލް ކެމެރާ ސިސްޓަމަކާއި ކުދިންނަށް ފިންގާ ޖަހާނެ ސިސްޓަމެއް ތާއާރަފް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތީ ކުދިން ސުކޫލަށް ވަނުންމުން ދަރިވަރު ފިންގާ ޖެހުމާ އެކު ބެލެނެވެރިންނަށް އެސްއެމްއެސް އެއްގެ ޒަރިއްޔާ އިން އެކަން އެންގޭނެ ގޮތަަކށް އަދި ސުކޫލް ނިންމާފައި ފިންގާ އައުޓް ކޮށްލީމަ ވެސް އެސްއެމްއެސް އަކުން ބެލެނެވެރިޔާ އަށް އެނގޭނެ." ފިންގާ ސިސްޓާމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ބުންޏެވެ.
ނައިޓް މާކެޓް ކުރިއަށް ދަނީ ހަވީރު ހަތަރަކުން ރޭގަނޑު 12:00 އަށެވެ.