10 Nov 2018, 10:06
ފުރިހަމަ ވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރި، ބޮޑު ބަޖެޓް ފިލްމު "ތަގްސް އޮފް ހިންދުސްތާން" ބެލުމަށްފަހު ބެލުންތެރިންނާ ކްރިޓީކުން މާޔޫސްކޮށްލައިފިއެވެ.
ފިލްމު ބެލުމަށްފަހު ގިނަ ކްރިޓީކުން ބުނީ އަހަރުގައި ނުކުންނާނެ އެންމެ ވަރުގަދަ ފިލްމަކަށް "ތަގްސް އޮފް ހިންދުސްތާން" ވެގެންދާނެ ކަމަށް އުންމީދުކުރި ކަމަށާއި ނަމަވެސް މި ފިލްމާ ދޭތެރޭ މާޔޫސްވާކަމަށެވެ.
ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ކުރި ޓްވީޓެއްގައި ބުނީ ބޮޑު ބަޖެޓަކުން ފިލްމު އުފެއްދި ނަމަވެސް ފިލްމު ކަމުނުދާ ކަމަށެވެ. އޭނާ ބުނީ ބޮޑު ބަޖަޓެއް ބޭކާރު ގޮތުގައި ފެނަށް ދުއްވައިލި ފިލްމަކަށް މި ފިލްމުވެގެންދާނެ ކަމަށެވެ.
"ސްކްރީންޕްލޭ ވެސް ވަރަށް ކަމުނުދޭ. ފިލްމު ފެށުނީ ޝައުގުވެރިކޮށް. އެކަމަކު ނިމުނީ މާޔޫސްކޮށްލުމަށްފަހު. އޮއްޓަރެއް ނެތް ފިލްމެއް. ވިދާހާ އެއްޗަކީ ރަނެއް ނޫން،"
#OneWordReview…#ThugsOfHindostan: DISAPPOINTING.
Rating: ⭐️⭐️
All that glitters is NOT gold... Holds true for#TOH... Some engrossing moments in the first hour, that’s about it... Formula-ridden plot, screenplay of convenience, shoddy direction are the main culprits... ????????????— taran adarsh (@taran_adarsh)November 8, 2018
އެހެން ކްރިޓިކުން ފާހަގަ ކުރި ގޮތުގައި އާމިތާބާއި އާމިރު ފަދަ ވަރުގަދަ ދެ ސްޕަސްޓާރުން އެކުގައި ހަރަކާތެރިވި ފިލްމެއް ނަމަވެސް މި ފިލްމުގައި މާ ހާއްސަކަމެއް ނުފެނުކަމަށެވެ. އަދި މި ފިލްމަށް 300 ކްރޯޑް ހަރަދު ކުރުމަކީ ބޭކާރުކަމެއް ކަމަށެވެ.
އާމިރު އާއި ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން އެކުގައި ފެނިގެންދާ އެ ފިލްމުގައި އަންހެންގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.