އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

އިބޫ ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އުމްރާގެ އަޅުކަން އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ސައުދީ އަރަބިއާގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.

އިންތިހާބީ ރައީސް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލު ކުރައްވައިފައެވެ.

އިބޫ ސައުދީއަށް ފުރާވަޑައިގަތީ ސައުދީ ސަރުކާރުން ފޮނުއްވި ޕްރައިވެޓް ޖެޓެއްގައެވެ. މި ދަތުރުފުޅުގައި އިބޫގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ވަނީ ސައުދީއަށް ވަޑައިގެންފައެވެ.