09 Nov 2018, 22:26
ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހް މަގާމުން ސިންހަ މަގާމުން ދުރުކުރުމަށްފަހު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ގައެވެ.
ލަންކާގެ މަޖިލީސް އުވާލުމަށް ސިިރިސޭނާ ނިންްމަވައި ގަރާރުގައި ސޮއިކޮށްފައިވާކަމަށާއި މިއާއެކު ޖެނުއަރީ މަހު އިންތިހާބު ބޭއްވުމަށް މަގުފަހިވެފައިވާކަމަށް އަލްޖަޒީރާ ގައި ބުނެފައިވެއެވެ.
ސިރިސޭނާގެ ގާތް މީހަކާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އިންތިހާބު އިއުލާނު ކުރާނެ ކަމަށާއި ޖެނުއަރީ ފުރަތަމަ ހަފްތާ ތެރޭ އިންތިހާބު ބޭއްވޭވަރު ވާނެ ކަމަށެވެ.
މީގެ އިތުރުން ޕާލިމެންްޓް އުވާލުން ނޫން ގޮތެއް ސިރިސޭނާ އަށް ނެތް ކަމަށާޢި ރަނިލް ގޮތް ދޫނުކުރެއްވުމުން ވެރިކަން ކުރަން ދަތިވެފައިވާކަމަށް ވެސް ސިރިސޭނާގެ ގާތް މީހުންނާ ހަވަލާދީ އަލްޖަޒީރާގައި ވަނީ ބުނެފައެވެ.