26 Sep 2011, 15:11
ޔުނިފޯމްގައި އަޅައިގެން ރެސްޓޯރެންޓެއްގެ ތެރޭގައި ތިބި ދެ ދަރިވަރަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ ދެ ދަރިވަރުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ތުހުމަތުގައި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ދެ ދަރިވަރުން ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ރެސްޓޯރެންޓެއްގެ ތެރެއިން ކަމަށާއި އެ ކުދިންގެ ހައްޔަރުޔ ކުރީ މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ ކަމުގެ ރިޕޯޓެއް ލިބިގެން ތުހުމަތަށް ކަމަށެވެ.
މި ދެ ދަރިވަރުންނަ ތިބީ ކޮން ރެސްޓޯރެންޓައިގައި ކަމެއް ވެސް އަދި އެއީ ކޮން ސްކޫލެއްގެ ދެ ކުދިން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.