09 Nov 2018, 20:21
މިސް ޔުނިވާސް އަދި ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސުޝްމިތާ ސެން 42، އަންނަ އަހަރު ކައިވެނިކުރަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސުޝްމިތާ ކައިވެނިކުރަން އުޅެނީ އޭނާގެ ލޯބިވެރިޔާ މޮޑެލް ރަހްމާން ޝޯލް 27، އާއެވެ. ދެމީހުން އެއްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްނުވި ނަމަވެސް ދާ ކޮންމެ ހަފްލާ އަކަށް ދެމީހުން ދަނީ އެއްކޮށެވެ.
ސުޝްމިތާގެ އިންސްޓަގްރާމް އެކައުންޓްގައި ދެމީހުން ނަގާފައިވާ ގިނަ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ.
ސުޝްމިތާގެ ގާތް މީހަކު ބޭރުގެ ނޫހަކަށް ބުނީ ސުޝްމިތާ އާ ކައިވެނިކުރަން ރަހްމާން ރަސްމީކޮށް ޕްރޮޕޯޒްކޮށްފައިވާ ކަމަށާއި އެހެން ކަމުން ކައިވެނި އަންނަ އަހަރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
View this post on Instagram
ފިލްމު "ދަސްތަކް" އިން 1996 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ ބެންގާލީ ފިލްމު "ނިރުބާކް" އެވެ. އޭނާ އަކީ 1994 އަހަރުގެ މިސް ޔުނިވާސް އެވެ.
އޭނާ ވަނީ ދެ އަންހެން ކުދިން ވެސް އެޑަޕްޓްކޮށްފައެވެ.