ސައުވީސް ގަޑިއިރު ހަބަރު ކިޔާނެ ވާޗުއަލް އެންކާއެއް ޗައިނާގެ ސްޓޭޓް މީޑިއާ ޒިންހުއާއިން އުފައްދައިފިއެވެ.

މި އާޓިފިޝަލް އިންޓެލިޖެންސް އެންކާ ބުދަ ދުވަހު އާންމުކޮށް ވަނީ ދައްކާލާފައެވެ. މި އެންކާ ހަބަރު ކިޔަން ފެށުމުގެކުރިން އެއީ ވާޗުއަލް އެންކާއެއް ކަމަށް ބުނެފައިވެއެވެ.

މި އެންކާ އަކީ އިންސާނުންގެ މޫނުމައްޗަށް ގެންނަ އެކްސްޕްރެޝަންތައް ގެނައުމުގެ ގާބިލުކަން ލިބިފައިވާ އެންކަރެކެވެ. އާޓިފިޝަލް އިންޓެލިޖެންސް އެންކާއަކީ ކުރިއަށް އޮތްތަނުގައި ހަރަދު ކުޑަކުރާނެ، ޓެކްނޮލަޖީއެއް ކަމަށް ބުނެފައިވެއެވެ.

އިނގިރޭސި ބަހުން ލަވަ ކިޔާ އެންކާއަކީ ޒިންހުއާގެ އެންކާ ޒެންގް ޒާއޯއާ އެއްގޮތަކަށް ހަދާފައިވާ ރޮބަޓެކެވެ.

ޗައިނާ ބަހުން ހަބަރު ކިޔާ އޭއައި އެންކާއެއްވެސް ބުދަ ދުވަހު ޒިންހުއާއިން ވަނީ ދައްކާލައިފައެވެ.