09 Nov 2018, 17:09
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން ޖިންސީ ގޯނާ ލިބޭކަމުގެ ތުހުމަތުތައް ފަހަކަށް އައިސް ވަނީ އަޑުގަދަވެފަ އެވެ. ދާދި ފަހުން ފޮރިން މިނިސްޓްރީން "ތިލަވި" ޖިންސީ ގޯނާކުރުމުގެ މައްސަލަ މިހާރު ވަރަށް ބާރަށް މީސްމީޑިއާގައި ދަނީ ދެކެވެމުންނެވެ.
ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު، އެ އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް މިހާރު ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އެ ކަމުގެ ޝަކުވާ، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ އެ މިނިސްޓްރީގެ ކޮމިޓީއަށް ހުށަހަޅާފައިވެ އެވެ. އަދި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން، ތިން މުވައްޒަފުންނަށް ދިނެވެ.
އެހެން ނަމަވެސް އެދެވޭ ގޮތެއްގައި އެ ކޮމިޓީން މައްސަލަ ނުބަލާ ކަމަށާއި، އޭގެ ބަދަލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަށްވީ މުވައްޒަފުން "ބަދުނާމުކުރީ"ކަމަށް ވެ އެވެ.
އެ މައްސަލާގައި ފޮރިން މިނިސްޓްރީގެ ފަރާތުން މިހާތަނަށް ދީފައި ވަނީ ފިނި ޖަވާބެކެވެ. ހަަމައެކަނި ބުނީ އެ ފަދަ ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
މީސް މީޑިއާގައި ޚާރިޖީ ވުޒާރާގެ އިސް ވެރިއެއްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ހިމެނޭ ޓްވީޓުތަކަށް، އެ ވުޒާރާގެ އިސް މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ގިނަ ސްޓާފުން ވަނީ ލައިކްއާއި ރީޓް ވީޓު ވެސް ޖަހައި ހަދައިފަ އެވެ. ނަމަވެސް މިހާރު މަޑުމަޑުން އެ މިނިސްޓްރީގެ އިސް މުވައްޒިފުންގެ ޝުއޫރުތައް ފާޅުގައި މީސް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. އެ ބޭފުޅުން އެކަމާމެދު ފާޅުގައި މީސް މީޑިއާގައި މިހާރު ދަނީ އަޑުއުފުއްލަމުންނެވެ.
Work place relations should be built on respect and trust irrespective of status and it should dictate all our actions. Disturbed by allegations against an official of the foreign services I represent proudly. The matter should be throughly investigated.
— Mohamed Faisal (@mofaisal12)November 8, 2018
" ފޮރިން މިނިސްޓްރީގެ ސީނިއާ އޮފިޝަލަކާމެދު އެފަދަ ބޮޑު ތުހުމަތުތަކެއް ކުރެވިފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވޭ. މިކަން ވަރަށް ރަނގަޅަށް ތަހުގީގް ކުރަން ޖެހޭ." ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
Step up the investigation! Urgent and immediate!@MDVForeign@f_inaya@najeeha@AlinyMohamed@shazrasattar@ahmedMDV@mofaisal12@JSWaheedhttps://t.co/hDgTgWG7GV
— Hala A. Hameed (@halah_hameed)November 8, 2018
ފައިސަލް އަކޭ އެއްފަދައިން ރާއްޖެއިން ޖެނީވާގައި ހުންނަ މިޝަންއަށް ކަނޑައަޅުއްވާފައިވާ މަންދޫބް ހާލާ އަބްދުﷲ ހަމީދު ވެސް ވަނީ އެ މައްސަލަ ވަގުތުން ވަގުތަށް ތަހުގީގްކުރުމަށް ގޮވައިލައްވައިފަ އެވެ.
I fully agree@shazrasattar
I would like to request@MDVForeignto revise or issue a second statement naming the accused. Otherwise, there is room for speculation and to get wrongly implicated by the term "isverieh".— Ahmed Mohamed (@ahmedMDV)November 8, 2018
އެ މައްސަލައިގައި އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ރާގު މާ ބޮޑަށްވެސް ތަފާތެވެ. ޖިންސީ ގޯނާ ފަދަ ބޮޑު މައްސަލައެއްގައި ފޮރިން މިނިސްޓްރީން ހަނުހުރުމަކީ އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ފަދަ ކަމެއްކަން ދޭހަވާގޮތަށް އަހުމަދު ވަނީ ވާހަކަދައްކަވައިފައެވެ.
"ފޮރިން މިނިސްޓްރީން އެ މައްސަލައިގައި އިތުރު ބަޔާނެއް ނެރުމަށް އަޅުގަނޑު ގޮވާލަން. އޭގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު ފަރާތުގެ ނަން ހާމަ ކުރުމަށް ގޮވާލަން. އިސްވެރިއެކޭ ބުނީމަ ތަފާތުގޮތްގޮތަށް މީހުން ވާހަކަ ދައްކާނެ،" އަހުމަދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީންވެސް އަދި ރާއްޖޭގެ ފުލުހުންވެސް މިހާތަނަށްވެސް ޖިންސީ ގޯނާގެ ތުހުމަތު އަމާޒުވި "އިސްވެރިއާ"ގެ ނަން ހާމަކޮށްފައެއް ނުވެއެވެ.
This ain’t good enough! Has the person against who the allegation was made suspended until investigations are complete? If the person remains in power then what is stopping them from intimidating the victim? Enough is enough.@MDVForeignhttps://t.co/CrnHxOdH94
— Farah Didi ???? (@FarahDidi)November 8, 2018
އަހުމަދު މުހައްމަދެކޭ އެއްފަދައިން އެމްޑީޕީ ސަރުކާރުގައި ރާއްޖެއިން އިނގިރޭސިވިލާތަކަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ފަރަހަނާޒް ފައިސަލް ވެސް ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެފަދަ ތުހުމަތެއްކޮށްފައިވާ ވެރިއެއްގެ މައްސަލަ ނިމެންދެން ސަސްޕެންޑް ނުކޮށް ހުރުމަކީ އެ މައްސަލައަށް ނުފޫޒުފޯރުވުން ކަމަށް ސިފަވާގޮތަށް ވަނީ ފަރަހަ ވަނީ ވާހަކަދައްކަވައިފައެވެ.
ކުރީގެ ރައީސްގެ މުހައްމަދު ވަހީދު ހަސަން މަނިކުގެ ދަރިކަލުން އަދި ރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު ވިދަޅުވީ ރާއްޖޭގައި ފެންނަމުންދަނީ ޖިންސީ ގޯނާ ކުރާ ފަރާތްތަކާ އެއްކޮޅަށް މައްސަލަ ނިމެމުންދާ ތަން ކަަމަށެވެ.
Work place relations should be built on respect and trust irrespective of status and it should dictate all our actions. Disturbed by allegations against an official of the foreign services I represent proudly. The matter should be throughly investigated.
— Mohamed Faisal (@mofaisal12)November 8, 2018
"ސީނިއާ ޑިޕްލޮމެޓެއްގެ ހައިސިއްޔަތުން އަޅުގަނޑު އޮންނާނީ އަބަދުވެސް ޖިންސީ ގޯނާ ލިބޭ ފަރާތާއެކު،" ޖެފްރީ ވިދާޅުވިއެވެ.
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެސް ވަނީ ފާޅުގައި އެ މައްސަލައާ ދެކޮޅަށް ތެދުވެވަޑައިގެންފައެވެ. ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާރިޖީ ދާއިރާގެ އިސް ބޭފުޅަކު، އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ކަންބޮޑުވާ ކަމަށާއި މަގާމުގެ ބާރުގެ ބޭނުން ކޮށްގެން މިއެފަދަ އަމަލުތައް ހިންގާ މައްސަލަތައް ވަގުތުން ތަހުގީގުކުރަން ޖެހޭ ކަމަށެވެ.
"މި ތުހުމަތުތައް ވަގުތުން ތަހުގީގުކުރަން ޖެހޭ. މިފަދަ ސީރިއަސް މައްސަލަތައް ސަގާފަތްތައް އޮއްބާލުމުގެ ސަގާފަތް މުޖުތަމައުން ދޫކޮށްލަން އެބަ ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.