ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި މިސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް، ރޭ މެލޭޝިއާގައި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި އެ ދެބޭފުޅުން އަބިކަނބަލުންގެ އިތުރުން ރައީސް މައުމޫންގެ ދެ ދަރިކަނބަލުން، ޔުމްނާ މައުމޫން އަދި ދުންޔާ މައުމޫންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައުމޫން އާއިލާއާއެކު ބޭސްފަރުވާއަށް، މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ނާޒިމްގެ ބޭސްފަރުވާއަށް އަނބިކަނބަލުންނާއެކު މެލޭޝިއާއަށް ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް، ހައިކޯޓުން ވަނީ މިދިޔަ މަހު ބާތިލުކޮށްފައެވެ.

އަދި ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު އަމުރު ކޮށްފައެވެ.