ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" މިއަދުން ފެށިގެން ޝްވެކް ސިނަމާގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޝްވެކް ސިނަމާއިން ބުނީ ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާ ކަމަށާއި އަދި ޓިކެޓް ބުކް ކުރެވެމުން ދާނެކަމަށެވެ.

އިންޑިއާގެ ރަންޒަމާނުގެ މުހިއްމު ވާހަކަތަކެއް ކިޔައިދޭ މި ފިލްމުގެ ޓްރެއިލާ ވެސް ވަރަށް ޝައުގުވެރިއެވެ.

އާމިރު އާއި ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން އެކުގައި ފެނިގެންދާ އެ ފިލްމުގައި އަންހެންގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.