07 Nov 2018, 14:15
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކޯލިޝަންގެ ބައިވެރީން މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.
އިއްޔެ އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އިބޫގެ ދަތުރުފުޅަކީ އުމްރާއަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މާރިޔާ ވިދާޅުވީ އިބޫ އުމްރާއެއް ކުރެއްވުމަށް ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އިބޫއާ އެކު ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ކޯލިޝަންގެ ބައިވެރީން ކަމުގައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި އެމްއާރްއެމްގެ މުހައްމަދު ވަހީދު (ވައްޑެ)ގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އާއި ގާނޫނީ ވަކީލު އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުވެސް ހިމެނިވަޑައިގަންނަވަ އެވެ.
Inthihaabi Raees@ibusolihmaadhama (7/11 gai) Umra dhathurufulheh gai furaa vadaigannavaane.
E dhathurufulhugai Saudhi Arabia ge Officialunnai e Manikfan baddhalu kuravvaane. E Manikfan anburaa Male’ vadaigannavaa gothah hamajehifaivanee 9/11 vaa Hukuru dhuvahu.— Mariya Didi ???? (@MariyaDidi)November 6, 2018
ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިބޫ ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހު އެވެ.