07 Nov 2018, 14:05
ހައުސިން މިނިސްޓްރީގެ މަލަމަތި މުޅިން ބަދަލުކޮށްލައި އެތަން ރީތިކޮށްލައިފި އެވެ.
ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކާ އެއްގޮތްކުރުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
އަދި އެ ބަދަލުން މާލެ ހިތްފަސޭތަނަކަށް ހެދުމަށް ކޮށްފައިވާ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ހާމަވާކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
އަލަށް ގެނައި ބަދަލާ އެކު ހިތް ގައިމު ޑިޒައިންއަކަށް ހަދާފައިވާ ވަރުގަދަ ގޭޓްއެއް ވެސް ވަނީ ބަހައްޓައިފަ އެވެ. އޭގެ އިތުރުން އެ މިނިސްޓްރީގެ ގޯތި ތެރޭގައި ވަނީ ދިވެހި ވަންތަ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ޖޯލިފައްޗާއި އަދި އުނދޯއްޔެއް ވެސް ވަނީ ބަހައްޓައިފަ އެވެ.
The entrance and courtyard of@HousingGovMvredeveloped to 'blend in' with the nearby surroundings and to reflect the recent revitalization and redevelopment works carried out across Male.pic.twitter.com/7PA7h7vi9Z
— Dr.Mohamed Muizzu (@MMuizzu)November 6, 2018
އޭގެ އިތުރުން ގޯތި ތެރޭ ވަނީ ރީތި ބަގީޗާ ގަސްތަކުން ފުރާލައިފަ އެވެ.
ހައިސިން މިނިސްޓްރީން އެ ސަރަހައްދަށް ބަދަލުގެނެސް އެތަން ހުޅުވީ އިއްޔެ އެވެ.
މުއިއްޒުގެ މިނިސްޓަރު ކަމުގައި މާލެ ހިތްގައިމު ތަނަކަށް ހެދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން މާލޭގައި ހުޅުވި ތިން ރުއް ޕާކާއި، ހުޅުމާލޭ ސެންޓްރަލް ޕާކް އަދި ރަސް ރަނި ބަގީޗާ ފާހަނގަކޮށްލެވެ އެވެ.