07 Nov 2018, 12:36
ދާދި ފަހުން ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރަށް މާގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް ސައުދީގެ އެހެން ނޫސްވެރިއެއް ސައުދީގެ ޖަލުގައި މަރާލައިފި އެވެ.
ސައުދީ އަރަބިއްޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ޕްރިޒަނާސް އޮފް ކޮންސައިންސްއިން ބުނީ ސައުދީގެ ނޫސްވެރިޔާ ތުރުކީ ބިން އަބްދުލް އަޒީޒް އަލް ޖަސީރު މަރުވީ ޖަލުގައި ދިން ވޭންދެނިވި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ، ތުރުކީ ހައްޔަރުކުރީ އޭނާ "ފޭކް" ނަމެއް ބޭނުންކޮށްގެން ޓުވިޓާގައި ކުރަމުންގެން ދިޔަ ޓުވީޓުތަކާ ގުޅިގެން ކަމަށެވެ. "ކަޝްކޫލް" ކިޔާ ނަމެއް ބޭނުންކުރި އެ ޓުވިޓާއެކައުންޓުން ވަނީ ސައުދީގެ ޝަހީ އާއިލާއިން ކޮށްފައިވާ ބޮޑެތި ކަންތައްތައް ހާމަކޮށްފަ އެވެ.
???? Authorities believe that the writer Turki bin Abdul Aziz al-Jasser (TurkialjasserJ) is the Twitterati KASHKOOL (coluche_ar), private#Saudisecurity sources asserted to us. The source confirmed what ALQST tweeted about using personal information in Jasser's PC to blackmail himpic.twitter.com/qkNmZe0e2w
— Prisoners of Conscie (@m3takl_en)March 18, 2018
ޑުބާއީގައި ހުންނަ އޮފީހަކުން ހިންގަމުން ދިޔަ އެ ޓުވިޓާ އެކައުންޓްގެ އެއް އެޑްމިންއަކީ ތުރުކީ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ.
ސައުދީން، ތުރުކީ ބިން އަބްދުލް ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ.
ސައުދީން އެ ޓުވިޓާ އެކައުންޓްގެ ހަގީގަށް ފަޅާ އަރުވާލީ ސައުދީގެ ސައިބާ ސެކިއުރިޓީ ޖާސޫސުންނެވެ. މިއީ ދާދި ފަހުން މަރާލި ނޫސްވެރިޔާ ޖަމާލް މަރާލުމުގައި އިސްކޮށް އުޅުނު ސައުދު އަލް ގަހުތާނީ އިސްވެ ހުންނަވައިގެން އުފައްދަވައިފައިވާ ޖާސޫސީ އިދާރާއެކެވެ.
ގަހުތާނީ މިދިޔަ އަހަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ފޭކް" ނަންނަން ބޭނުންކޮށްގެން ޓުވިޓާގައި އުޅޭ ފަރާތްތަކަށް ސަލާމަތުން ނުތިބެވޭނެ ކަމަށެވެ.