07 Nov 2018, 13:18
ދިވެއްސަކާ ކައިވެނިކޮށް، ކައިވެނި ރޫޅި ބިކަވި ޒާރާއަށް އެހީވުމަށް ޓުވިޓާގައި ފެށި ކެމްޕޭންއަށް ހޫނު ތަރުހީބެއް ލިބެއްޖެ އެވެ.
ޒާރާގެ ހާލަރު މީސް މީޑިއާގެ ސަމާލުކަމަށް ގެނައި ހަސަން ޒަކީ ޓުވިޓާގައި ބުނީ ޒާރާއަށް އެހީވުމަށް ފެށި ކެމްޕޭންއަށް 27،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
Last but not least , THANK YOU to all those who read, donated, tweeted and shared the story. Together we have raised MVR 27,000 since last Tuesday . You have made such a big difference in Zara & Muskans life!
On behalf of them ‘varah bodah shukuriyya’!! ❤— hasan zaki (@hasanzack_zack)November 3, 2018
ޒާރާއަށް، މާލޭގައި ސައިކަލް ވިއްކާ ލިޓަސްއިން ވެސް ވަނީ ހިލޭ ސައިކަލެއް ދީފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ބައެއް ކުންފުނިތަކުން ވެސް ޒާރާއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ނޭޕާލަށް ނިސްބަތްވާ ޒާރާ ދިވެއްސަކާ ކައިވެނިކޮށް ރާއްޖެތެރޭގެ ރަށަކަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އަމިއްލަ ގައުމު ދޫކޮށް މުޅިން އާ ހަޔާތެއް އާރާސްތުކުރަން ފެށި ދަތުރު މާ ގިނަ ދުވަހެއް ނުވެ ޖެހުނީ ނިންމާލާށެވެ. ކައިވެނި ރޫޅުނު އިރު އެ ކައިވެނިން ޒާރާއަށް ކުއްޖަކު ވެސް ވަނީ ލިބިފަ އެވެ.
ކައިވެނި ރޫޅުމުން ޒާރާ އޭނާގެ ދަރިފުޅު މުސްކާން ގޮވައިގެން ބަދަލުވީ މާލެއަށެވެ. ދަރިފުޅުގެ ބައްޕަގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބުނު އިރު، ޒާރާ މަސައްކަތް ކުރަމުންދިޔައީ ފުލްޓައިމް ވަޒީފާއެއްގަ އެވެ. ވަޒީފާއަށް ދަނީ ދަރިފުޅު ޑޭކެއާއަކަށް ލާފައެވެ. ލިބޭ ހުރިހާ މުސާރައެއް ހޭދަކުރަމުންދިޔައީ ހަމައެކަނި ދަރިފުޅަށް ޓަކަ އެވެ.
އޭނާގެ ދަރިފުޅު ސްކޫލަށް ގެންދިއުމަށް ބޭނުންކުރަމުންދާ ބައިސްކަލްގެ ގޮނޑި ވެސް މާކުޑަ ވެގެން އެކަން މީސް މީޑިއާގެ ސަމާލުކަމަށް އައުމުން އާންމުންގެ ގިނަބައެއްގެ ހަމްދަރުދީ އެ ދެމައިންނަށް ލިބުނެވެެ.