07 Nov 2018, 09:56
އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ޕްރޮޑިއުސް ކުރަން ބޮލީވުޑްގެ ފިލްމީތަރި ސަލްމާން ހާން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ދައްކަން ފެށި އެ ޝޯ ވަނީ މިދިޔަ އަހަރު މެދު ކަނޑާލާފައެވެ. ޝޯ ހޯސްޓްކޮސްދޭ ކަޕިލް ގެ ބަލިހާލަތު ހުރި ގޮތުން ޝޯ ހުއްޓާލުމަށްފަހު މި މަހުގެ 25 ވަނަ ދުވަހު އަނެއްކާ ވެސް ފެށުމަށް ހަމަޖެހިފައިވާއިރު ސަލްމާން އެ ޝޯ ޕްރޮޑިއުސްކުރަން ވަނީ އެއްބަސް ވެފައެވެ.
ސަލްމާން އަކީ އެކްޓު ކުރުމުގެ އިތުރުން ޕްރޮޑިއުސް ވެސް ކުރާ ފަންނާނެކެވެ. ހަބަރުތައް ބުނާ ގޮތުގައި ސޯހިލް ހާނުގެ ކުރިއަށް އޮތް ފިލްމު ޕްރޮޑިއުސަރަކީ ވެސް ސަލްމާން އެވެ.
"ދަ ކަޕިލް ޝަރްމާ ޝޯ" މެދުކަނޑާލިތާ އަހަރެއްހާ ދުވަސް ވާން ކައިރިވެފައި ވަނިކޮސް މި މަހު ޝޯ އަލުން ފަށާއިރު އެ ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ ސޮނީ އިންނެވެ.
މިހާރު ސޮނީން ދައްކަމުން އަންނަ އަމީތާބު ބައްޗަން ހޯސްޓްކޮށްދޭ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ" މި މަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި އެ ޝޯ ނިމުމުން ކަޕިލްގެ ޝޯ ފެށާނެ ކަމަށް ވަނީ ހަބަތުރައް ފެތުރިފައެވެ.