10:00


ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައިފި އެވެ.


މި ދެފުރުސަތު ހުޅުވައިލައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެ އިޢްލާނު، މިއަދުގެ ނެރެފައިވާ ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ދެ ފުރްޞަތު ހުޅުވައިލާފައިވަނީ، މިއަދުން ފެށިގެން މި ޖޫން މަހުގެ 16 ވާ ބުދަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.