މި މަހުގެ ދެވަނަ ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް މިއަދު އިނާމު ހަވާލުކޮށްފި އެވެ.

އެކި ކެޓަގަރީތަކުން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދިނީ މިއަދު އެކަމަށްޓަކައި ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ވަނަތަކަށް ދިޔަ ފަރާތްތަކަށް މެޑައްޔާއި އެވޯޑް ވަނީ ހަވާލުކޮށްފަ އެވެ، މިފަހަރުގެ ރޭހުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން ވެސް ފައިސާގެ އިނާމެއް ދިނެވެ.

ވަނަތަކަށް ދިޔަ މީހުންނަކީ:

ސްކޫލު ކުދިންގެ 13 އަހަރުން ދަށް (ފިރިހެން)

  1. އަބްސަލް އަބްދުﷲ އާދަމް

  2. އަހްމަދު ރަޔާން އަލީ
  3. ޒުއިސް މުހައްމަދު ޒުއެދު

ސްކޫލު ކުދިންގެ 13 އަހަރުން ދަށް(އަންހެން)

  1. މަރިޔަމް ސާރާ އިސްމާއިލް

  2. ހަނާން ހުސެއިން ހަލީމް
  3. ޒޯޔާ އަލީ މިސްބާހު

ސްކޫލު ކުދިންގެ 13 އަހަރުން މަތި (ފިރިހެން)

  1. އިސްމާއިލް މަސޫން އަހުމަދު

  2. އައިކް އަބްދުﷲ ރިފާއު
  3. އާބިދު އަހްމަދު ސިރާޖު

ސްކޫލު ކުދިންގެ 13 އަހަރުން މަތި (އަންހެން)

  1. މަރިޔަމް ޔާނާ ނާސިހް

  2. އައިޝަތު ތޫމާ ފަޒީލް
  3. މަރިޔަމް އީވާ އަޝްރަފު

ފަސް ކިލޯމީޓަރު (ފިރިހެން)

  1. މުހައްމަދު ރަޝީދު

  2. ޝިފާޒް މުހައްމަދު
  3. އަބްދުލް ރަޝީދު އިސްމާއިލް

ފަސް ކިލޯމީޓަރު (އަންހެން)

  1. އާމިނަތު ޖާއިޝާ ޖުނީޒް

  2. ކީރާ ޓާނަވްސްކާޔާ
  3. އައިޝަތު އައިން އަހުމަދު

10 ކިލޯމީޓަރު (ފިރިހެން)

  1. ހުސެއިން ފަޒީލް ހާރޫން

  2. ހުސެއިން ރިޒާ
  3. އަހުމަދު ރިޒާ

10 ކިލޯމީޓަރު (އަންހެން)

  1. މަރިޔަމް އަބްދުލްކަރީމް

  2. ޕެޓްރީޝިއާ ޑޮރީން ގޯމޭޒް
  3. ފާތިމަތު ނިއުޝާ

ފަސް ކިލޯމީޓަރު 45 އަހަރުން މަތި (ފިރިހެން)

  1. އިބްރާހިމް ނައީމް

  2. އަލީ ރިޔާޒް
  3. މުހައްމަދު ޖުނައިދު

6 ނޮވެމްބަރު 2018: ދިރާގު ރޯޑު ރޭހުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ފަސް ކިލޯމީޓަރު 45 އަހަރުން މަތި (އަންހެން)

  1. ނަޝީދާ އަލީ

  2. އައިޝަތު ސައީދާ
  3. އައިޝަތު މަދީހާ

މި ރޭހުގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް ބައިވެރިވިއެވެ. އަދި ރޯޑް ރޭހުން ލިބުނު ފައިސާތައް ވަނީ ޖަމިއްޔާއަށް ހަދިޔާކޮށްފަ އެވެ.

ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޖަމިއްޔާތަކަށް ދިރާގުން ވަނީ 200،000 ރުފިޔާ ދީފައެވެ.

ދިރާގު ރޯޑް ރޭސް އެންމެ ފުރަތަމަ ބާއްވާފައި ވަނި 2007 ވަނަ އަހަރު އެވެ. މި އަހަރު 4000 މީހުން ވަނީ ރޭހުގައި ބައިވެރިވެފަ އެވެ. ދިރާގުން ވަނީ ރޭސް ނިންމު ހުރިހާ ފަރާތްތަކަށް މެޑަލް ދީފަ އެވެ.