06 Nov 2018, 16:27
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހާޒިރުކޮށްފިއެވެ.
ޝަރީފްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމާއި ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބާއި ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު ވެސް މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ވަޑައިގެންފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު ވޯޓު ކަރުދާސްތައް ނައްތާލާފައިވާތީ އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ޗިޓް ފޮނުވައިގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އެބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު ވޯޓު ކަރުދާސްތައް ނައްތާލާފައިވާތީ އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށެވެ.
ވޯޓު ކަރުދާސް ނައްތާލާފައި ވަނީ ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު އެ ކޮމިޝަނުން ފާސްކޮށްގެންކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.