06 Nov 2018, 15:08
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އުމްރާއަކަށް ފުރާވަޑައިގަންވާނެކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބޫ އުމްރާއެއް ކުރެއްވުމަށް ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ދާދިފަހުން ސައުދީއަށް ދަތުރުފުޅެއް ކުރައްވައިފައެވެ.
އިބޫގެ ދަތުުފުޅުގައި ކޯލިޝަންގެ މެންބަރުން ބައިވެރިވާނެ ކަމެއް މާރިޔާ ވިދާޅެއް ނުވެއެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްްފަހު އިބޫ ވަނީ ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ.