އަށާރާ ވަނަ ރައްޔިތުންގެ މަޖިލިސް އަށް އިލެކްޝަން ކޮމިޝަން އިން މާލޭ ދައިރާ ތަކަށް އިތުރު ކުރަނީ، މައްޗަންގޯޅި މެދު އަދި ހެންވޭރު ހުޅަނގު ދައިރާ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) ގެ ތަރުޖަމާނު އަދި އެކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "ސަން" އަށް މިއަދު ވިދާޅުވީ އެ ކޮމިޝަނުން މިއަދު ނިންމާފައިވަނީ މާލެއަށް އިތުރުވި ދެ ގޮނޑި ފިޔަވައި އިތުރު ދާއިރާ އަކަށް ގޮނޑި އިތުރު ނުކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް ނިންމީ ގާނޫނުގައި ބުނާ ގޮތަށް ދައިރާތައް ކަނޑައެޅުމުގައި ހުރިހާ ފާރާތެއްގެ ހިޔާލާ މަޝްވަރާ ހޯދުމަށް ފަހު މަސްލަހަތައް ބެލުމަށް ފަހުގައި ކަމަށެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދައިރާގެ ނަމުގައި ވަކި ދާއިރާއެއް ނޯވެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާފައިވަނީ މިހާރު ހުޅުހެންވޭރުގެ ނަމުގައި އޮންނަ ދައިރާ ދެ ދައިރާގެ ގޮތުގައި ހަމަޖެއްސުމަށެވެ. އެއީ ހެންވޭރު ހުޅަނގު އަދި ހުޅުމާލެ ދައިރާ ގެ ގޮތުގައި އެވެ.

މަޖިލިސް އަށް އިތުރުވި މައްޗަންގޮޅި މެދު އަދި ހެންވޭރު ހުޅަނގު މި ދެ ގޮނޑިއާ އެކު، 18 ވަނަ ރައްޔިތުންގެ މަޖިލސް ގައި 87 މެމްބަރުން ތިއްބަވާނެ އެވެ. މިހާރުގެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ 85 މެމްބަރުންނެވެ.