އިންތިހާބަށް ފަހު ހަމަހިމޭން ކަން އިހުތިޔާރު ކުރެއްވީ ގައުމުގެ ސުލްހަޔަށް ޖާގަ ދިނުމަށް ކަމަށް މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑޜ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޔުނިވާސީޓީގެ ޗާންސެކަރުކަން ވެސް ކުރައްވަމުން ގެންދަވާ، ޑރ. ޝަހީމް މިއަދު ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިމަހު މެދުތެރޭ އިސްލާމީ ދައުވަތާއި ސިޔާސީ މަސައްކަތަށް ހުސްވާނެ ކަމަށެވެ.

"އެއްގޮތަކަށްވެސް މައިދާނުން ދުރަށް ދިޔައީ އެއް ނޫނެވެ. އިރާދަކުރެއްވިއްޔާ މިމަހު މެދެއްހާ ތަނުގައި އިސްލާމީ ދައުވަތާއި ސިޔާސީ މަސައްކަތަށް އަޅުގަނޑު ހުސްވާނަން،" މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމިންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ އެބޭފުޅާގެ އަޒުމަށް ބަދަލެއް ނާންނަކަމަށާއި ރަޔިތުންގެ ހެޔޮ ދުއާއަށް އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއަށް ލިބުނު ނާކާމިޔާބަށް ފަހު ޑރ.ޝަހީމް ސިޔާސީ ދާއިރާ އިން ފެނިފައެއް ނުވެއެވެ.