03 Nov 2018, 18:00
އެމަނިކުފާނު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުން އަދި އަހްމަދު ފަޔާޒް އެ ކޮމިޝަނުގެ ނައިބު ރައީސް ކަމުން ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށާއި، އެ ދެ ބޭފުޅުން ވަކި ކުރި މައްސަލަ ސުޕްރީމް ކޯޓުން އަލުން ބަލަން ޖެހޭ ކަމަށް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ކަނޑައަޅައި ފުއާދު ތައުފީގުގެ މައްޗަށް ވަނީ 2014 ވަނަ އަހަރު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އޭނާއާ ފަޔާޒްގެ މެމްބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ފުއާދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެ ދެ ބޭފުޅުން ވަކި ކުރަން ސުޕްރީމް ކޯޓުން ނިންމީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ގާނޫނާ ހިލާފު ކަންތައްތައް ބަލަން ޖެހޭ ކަމަށް ފުއާދު ވިދާޅުވި އެވެ.
Ahmed Fayaz aai alhugadu maqaamun vaki kuree ves Qaanoon thakaa khilaafah. Minivan muassasaa thakuge member in vakikureveynee Rayyithunge Majlis ah.
SC in koffa vaa QA aa khilaaf kanthah thah balan jehey.
President Elect@ibusolihVice President Elect@FaisalNasym@presidencymvhttps://t.co/2LKAYDgkrk— Fuwad Thowfeek (@FuwadThowfeek)November 3, 2018
ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމުގައި ބުނެފައި ވަނީ 3،000 މީހުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާނުލުމަށް އެ ކޯޓުން އަމުރުކޮށްފައި ވަނިކޮށް ކޯޓުގެ އަމުރަށް އޭރު އިލެކްޝަންސް ކޮމިޝަނުން ތަބާވެފައި ނުވާ ކަމަށެވެ. އަދި އިންތިޚާބުތައް ބާއްވަން ޖެހޭނީ ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން މާހައުލެއްގައިކަން ކަށަވަރުކުރުމަށްޓަކައި، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި އަދި އެކަމާ ބެހޭ ގޮތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް އިހާނާތްތެރިވެ، މީޑިއާ މެދުވެރިކޮށް ފާޅުކަން ބޮޑު ގޮތެއްގައި އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލުވެރިން ނުކިޔަމަންތެރިކަން ދައްކައި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އަޅައި، ކޯޓު ބަދުނާމުކުރުމުގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ އިޖުރާއަތުތަކާއި އިހުތިސާސްތަކާ ދެކޮޅަށް އިހާނާތްތެރިކޮށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވާހަކަ ދައްކާފައިވާ ކަމަށެވެ.