03 Nov 2018, 18:03
ދުނިޔޭގައި މޫދު އަޑީގައި ހެދި ފުރަތަމަ ވިލާ ރާއްޖޭގެ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓްގައި ހުޅުވައިފިއެވެ.
މުރަކައިގެ ނަމުން ނަންދީފައިވާ އެ ވިލާ ހެދުމަށް 15 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.
އެ ވިލާގައި ނުވަ މީހުންނަށް ތިބެވޭނެއެވެ. އެތަނުގެ އަގު ރެއަކަށް އުޅެނީ 50،000 އަށެވެ.
ދެ ބުރިއަށް ހަދައިފައިވާ އެ ވިލާގެ އެންމެ ތިރީބައި ހުންނަނީ 16 ފޫޓް އަޑީގައެވެ. ތިރީބައިގައި ނިދާ ކޮޓަރިއަކާއި ސިޓިންގްރޫމް އަދި ފާހަނާއެއް ހުރެއެވެ.
އަދި މަތީބުރީގައި ޖިމަކާއި ބާ އަކީ އިތުރު ކޮޓަރިތައްވެސް ހުރެއެވެ.
One day, someone needs to take
❤️admin.
Here’s the first underwater villa, located on the Maldives Rangali Island. It’s 5 meters underwater, surrounded by marine life - including sharks! Muahaha!
Supposedly the glass is so strong that you’ll only see a shark in your dreams.pic.twitter.com/arOa3uFb28— Big Peg, Diva of the Sea (@MakoPeggy)October 31, 2018
އެ ތަން ހަދާފައިވަނީ ނިއުޒީލެންޑްގެ ކުންފުންޏެއް ކަމަށްވާ އެމް މާފީ ލިމިޓެޑްއިންނެވެެ. އެތަން ޑިޒައިން ކޮށްފައިވަނީ ކްރައުން ކޮމްޕެނީގެ އާކިޓެކްޓް އަހުމަދު ސަލީމެވެ. މިއީ ސަލީމް ޑިޒައިން ކުރެއްވި މަޝްހޫރު ދެވަނަ ތަނެވެެ. ރަންގަލީގައި ހެދި އިތާ ރެސްޓޯރެންޓްވެސް ޑިޒައިންކުރައްވައިފައިވަނީ ސަލީމެވެެ.
ސަލީމް ވިދާޅުވީ މިއީ ފަތުރުވެރިންނަށް މުޅިން ތަފާތު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށާއި އަދި ފަތުރުވެރިންނަށް ރާއްޖޭގެ ކަނޑުއަޑި އާ ގޮތަކަށް ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
މުރަކަ ވިލާއަށް މިހާރުވެސް ދުނިޔޭގެ ގިނަ މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.