ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބަތުލާ ހައުސް"ގެ ކާސްޓާ ބަތަލާ ނޯރާ ފަތޭހީ ގުޅިއްޖެއެވެ.

ނޯރާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފިލްމުގައި އޭނާ ފެނިގެންދާނީ މުހިންމު ރޯލަކުން ކަމަށެވެ. މިއީ ޖޯންއާއި ނޯރާ އެކުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެވެ.

ނޯރާ ވަނީ ޖޯން އާއެކު އަލުން މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ބޮޑަށް އުފަލުން ހުރިކަން ހާމަކޮށްފައެވެ.

މި ފަހުން ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ލަވަ "ދިލްބަރް ދިލްބަރް"ގައި ނޯރާގެ ވަރަށް ފަރި ހަރަކާތްތަކެއް ފެނިގެން ދިޔަ އިރު، އެ ލަވައިން ނޯރާ ވަނީ ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދައިފައެވެ.

"ދިލްބަރް" ލަވަ ހިމެނެނީ ޖޯންގެ ކާމިޔާބު ފިލްމު "ސަތުޔަމޭވާ ޖަޔާތޭ"ގައެވެ.

ނޯރާ މިހާރު އަންނަނީ ސަލްމާން ޚާން އާއެކު ފިލްމު "ބާރަތު" ގައިވެސް މަސައްކަތް ކުރަމުންނެވެ.