ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ ކައިވެނި ކުރަން ބޭނުން ވަނީ އޭނާގެ އުފާތަކަށް ހުރަސް ނާޅާނެ މީހަކަށް ކަމަށް އޭނާ ބުނެފިއެވެ.

ސޮނާކްޝީ މިހެން ބުނެފައިވަނީ ދާދި ފަހުން އޭނާގެ ފޮޓޯ ތަކެއް އާންމުކުރި ބްރައިޑްސް ޓުޑޭ މެގަޒިންގެ އެޑިޓަރަށް ދިން އިންޓަވިއުއެއްގައި އެ އެޑިޓަރު ކުރި ސުވާލަކާ ގުޅިގެންނެވެ.

އެ އިންޓަވިއުގައި ސޮނާކްޝީ ބުނެފައިވަނީީ ކައިވެނި ކުރާ އިރު ފިރިހެން މީހާ ވާން ވާނީ އޭނާއަށް ފުރުސަތުދޭ އަދި އޭނާގެ ކަންކަމަށް ނުހިފަހައްޓާ މީހެއް ކަމަށެވެ.

ސޮނާޝްކީ ވަނީ ކައިވެނި ކުރާ އުމުރުގެ އަންހެން ކުދިންނަށް ހާއްސަ މެސެޖެއްވެސް ދީފައެވެ. އެގޮތުން ކައިވެންޏެއް ކުރާ އިރު ނުބައި މަގުސަދަކަށް ކައިވެނި ނުކުރުމަށް އޭނާ ވަނީ ބުނެފައެވެ.

އެ އިންޓަވިއުގެ ތެރެއިން ސޮނާކްޝީ ވަނީ ޓުޑޭ މަގަޒިންގައި އާންމު ކުރި ފޮޓޯ ތަކުގައި އޭނާ އާއެކު ފެނިގެންދިޔަ ވިކީ ކައުޝަލްއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އަދި ވިކީ އަކީ މޮޅު އެކްޓަރެއް ކަމަށާއި އޭނާ އާއެކު ފިލްމެއް ކުޅެލަން ބޭނުން ވާ ކަމަށް ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނީީ ސަލްމާން ހާން ލީޑު ރޯލު ކުޅޭ "ދަބަންގް 3" އިންނެވެ.