01 Nov 2018, 12:43
ކަލްކަތާ އެއާޕޯޓުން ނައްޓާލަން ތައްޔާރުވެފައިއޮތް ގަތަރު އެއާވޭސްގެ ފްލައިޓަކާއި ފެންޓޭންކަރެއްޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުން ފްލައިޓަށް ފަސިންޖަރުން އަރަމުން ދިޔަ ވަގުތު ދުއްވާފައި ދިޔަ ފެންޓެންކަރެއް ފްލައިޓުގައި ޖެހި ފްލައިޓަށް ވަނީ ކޮންމެވެސް ވަރަކަށް ގެއްލުންވެފަ އެވެ.
ކަލްކަތާ އިންޓަނޭޝަނަލް އެއާޕޯޓުން ބުނީ ބޯޓު ފެންޓޭންކަރުގައި ޖެހުމުން ފްލައިޓަށް އަރައި ތިބ ފަސެންޖަރުން ފްލައިޓުން ބާލާފައިވާ ކަމަށެވެ. "ސިވިލްއޭވިއޭޝަނަށް މިހާރު ވާނީ މިކަން ރިޕޯޓުކޮށްފައި،" އެއާޕޯޓްގެ ޑިރެކްޓަރު އަތުލް ޑިކްޝިޓް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި އިރު ގަތަރު އެއާވޭސްގެ ބޯޓުގައި 103 ފަސިންޖަރުން ތިއްބެވެ. އެ ފްލައިޓަކީ ކަލްކަތާ އިން ގަތަރުގެ ދޯހާ އަށް ދާން ތައްޔާރުވެފައި އޮތް ފްލައިޓެކެވެ.