01 Nov 2018, 10:44
މިއީ ޒާރާގެ ވާހަކައެވެެ. ނޭޕާލަށް ނިސްބަތްވާ ޒާރާ ދިވެއްސަކާ ކައިވެނިކޮށް ރާއްޖެތެރޭގެ ރަށަކަށް ބަދަލުވީ 2011 ވަނަ އަހަރެވެ. އަމިއްލަ ގައުމު ދޫކޮށް މުޅިން އާ ހަޔާތެއް އާރާސްތުކުރަން ފެށި ދަތުރު މާ ގިނަދުވަހެއް ނުވެ ޖެހުނީ ނިންމާލާށެވެ. ކައިވެނި ރޫޅުނުއިރު އެ ކައިވެނިން ޒާރާއަށް ކުއްޖަކުވެސް ވަނީ ލިބިފައެވެ.
ކައިވެނި ރޫޅުމުން ފިރިމީހާ، ޒާރާއަށް އެންގީ ދަރިފުޅު ބަހައްޓާފައި މާލެ ދިއުމަށެވެ. ނަމަވެސް ޒާރާ އެގޮތެއް ބޭނުމެއް ނުވިއެވެ. ކޮންމެ ހާލެއްގައި އުޅޭން ޖެހުނު ނަމަވެސް ދަރިފުޅާ ވަކިވާކަށް ޒާރާ ބޭނުމެއް ނުވިއެވެ. އަޅާލާނެ މީހަކު ނެތް އެ އެކަނިވެރި މަންމައަށް އެހީވީ ބަނގުލަދޭޝްގެ ރައްޔިތެކެވެ. ކުޑަކުޑަ ގުދަނެއް ކަހަލަ އެތަނުގައި ޒާރާ އުޅެމުންދިޔައީ އެއްވެސް ގޮތެއް ނެތިގެންނެވެ.
ޒާރާއަށް އެހީވީ ވަކީލެކެވެ. ހިލޭ ސާބަހަށް އޭނާ ކޮށްދިން މަސައްކަތުން ވަގުތީ ހިޔާވަހިކަމެއް ލިބުނެވެ. ޒާރާގެ ނަސީބުވެސް ރަނގަޅެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ކުޑަކުޑަ މުސްކާންގެ ބެލެނިވެރިކަންވެސް ލިބުނެވެ. ކޯޓުގެ ހަމައެކަނި ޝަރުތަކަށްވީ ދަރިފުޅުގެ ބައްޕަގެ ހުއްދައާ ނުލައި މުސްކާން ރާއްޖެއިން ބޭރަށް ނުގެންދިއުމެވެ.
Life in Male’ was not easy. Muskaan didn’t have a passport and her father denied consent to travel. On top of it all, each year Zara had to spend much of her money to renew her visa to stay in Maldives, and beg her ex-husband to sign as her sponsor.
— hasan zaki (@hasanzack_zack)October 30, 2018
ކުޑަކުޑަ މުސްކާންއަށް އަޅާލަން ހުރީވެސް ޒާރާ އެކަންޏެވެ. ދަރިފުޅުގެ ބައްޕަގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބުނިއިރު، ޒާރާ މަސައްކަތް ކުރަމުންދިޔައީ ފުލްޓައިމް ވަޒީފާއެއްގައެވެ. ވަޒީފާއަށް ދަނީ ދަރިފުޅު ޑޭކެއާއަކަށް ލާފައެވެ. ލިބޭ ހުރިހާ މުސާރައެއް ހޭދަކުރަމުންދިޔައީ ހަމައެކަނި ދަރިފުޅަށް ޓަކައެވެ. ދަރިފުޅު ސްކޫލަށް ގެންދިއުމަށް ބޭނުންކުރަމުންދާ ބައިސްކަލްގެ ގޮނޑިވެސް މާކުޑަ ވެއްޖެއެވެ.
ޒާރާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ މީސް މީޑިއާއިން މާގިނަދުވަސްތަކަށް ނުވެ ފެންމަތިވީ ދެނެވެ. ޒާރާ އޭނާގެ ދަރިފުޅު ގޮވައިގެން ދަތުރުކުރުމަށް ސައިކަލެއް ހޯދައިދިނުމަށް ހަސަން ޒަކީ ޓުވިޓާގައި ފެށި ކެމްޕޭންއަށް އެތައް ބަޔަކު މިހާރު ވަނީ އެހީވާން ފަށައިފައެވެ.
If you would like to help make Zara and Muskaan’s life a bit brighter you can make a donation, however small it might be, to Zara’s BML account. 7770000008589
— hasan zaki (@hasanzack_zack)October 30, 2018
ޓުވިޓާގައި ފެށި ކެމްޕޭންއާއެކު އެންމެ 24 ގަޑިއިރު ތެރޭވެސް ޒާރާއަށް ވަނީ 6000 ރުފިޔާ ލިބިފައެވެ.
With the help of the beautiful people of the Twitter community here in the Maldives, we’ve raised more than 6000 Rufiyaa in less than 24 hours. Please donate and support the cause. We are always better together. ????https://t.co/3fq3tiHfKi
— Zainal Arif (@zaikokko)October 31, 2018
ޒާރާއަށް އެހީވީ ހަމައެކަނި އާންމުން އެކަންޏެއް ނޫނެވެ. ޒާރާއަށް އެހީވުމަށް ރާއްޖޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ލިޓަސްވެސް އިންވެސް ވަނީ ނިންމައިފައެވެ.
We met@hasanzack_zackand came to an agreement, we will be meeting up with zara tomorrow since she requested for it.pic.twitter.com/knK4Ti7y0y
— LITUS (@LITUSmv)October 31, 2018
ސައިކަލު ވިއްކުމުގެ ވިޔަފާރި ކުރާ ލިޓަސް އިން ވަނީ ޒާރާއަށް ސައިކަލެއް ދޭން މިހާރު ނިންމައިފައެވެ.
ކުޑަކުޑަ ދަރިފުޅަށް ޓަކައި އަމިއްލަ ވަޒަނާއި ގައުމު ދޫކޮށް ރާއްޖޭގައި ވަމުން ދާ ގުރުބާނީއަށް ޓަކައި އެންމެންގެ ހިތުގައި ވެސް ޒާރާއަށް ޓަކައި އުފެދިފައި ވަނީ ތައުރީފުގެ ޝުއޫރުތަކެވެ.