31 Oct 2018, 15:13
ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއެކު ލ. އަތޮޅުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ސާމާނާއެކު މީހަކު އަތުލައިގަތީ ލ. ގަމު ވަލުތެރޭގައި ބަނގުރާ އުފައްދަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން އޮކްޓޫބަރ 29ވަނަ ދުވަހުގެ ހަވީރު ލ.ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ފުލުހުން ބުނީ އެ މަައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. އަދި ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހާ ހުރި ސަރަހައްދު ބަލައިފާސްކުރި ކުރުމުން، ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ކަމަށް ބެލެވޭ ތަކެތި އެސަރަޙައްދުން ފެނިފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.