ކާމިޔާބު ފިލްމު 'އެކް ވިލަން' އަށް ފަހު ސިދާރްތު މަލޯތުރާ އަދި ރިތޭޝް ދޭޝްމުކް އެކުގައި އިތުރު ފިލްމަކަށް ތައްޔާރުވެއްޖެއެވެ.

ފިލްމު 'މަރްޖާވާން' އިން ދެމީހުން އެކުގައި ފެނިގެންދާނެކަން އެ ދެ ފަންނާނުން ވަނީ ޔަގީނއކޮށްދީފައެވެ.

'މަރްޖާވާން' ވެސް ޑައިރެކްޓު ކުރާނީ 'އެކް ވިލަން'ގެ ޑައިރެކްޓަރު މިލާޕް ޒަވާރީއެވެ.

ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ 2' އިން ބޮލީވުޑަށް ތައާރަފުވާ ތާރާ ސުތާރިއާއެވެ.

އަންނަ އަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ 'މަރްޖާވާން'ގެ ފުރަތަމަ ޕޯސްޓަރު މިހާރު އާންމު ކޮށްފައިވާ އިރު، ޕޯސްޓަރުގައި ބުނެފައި ވަނީ "ލޯބީގައި މަރުވާނެ ކަމަށާއި އަދި މަރަން ވެސް ތައްޔާރު" ކަމަށެވެ. އެ ފިލްމަކީ ވެސް ލޯބީގެ ތުރިލާއެކެވެ.

ފިލްމުގެ ޝޫޓިންގ ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން 2019 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ.