މިދިޔަ އަހަރު ޖެނުއަރީ 10 ވަނަ ދުވަހު ގދ. ހޯނޑެއްދޫ ފަޅުގައި އަޅާފައި އޮއްވާ ކެރޭނެއް ވެއްޓި ބިންދައިގެން ދިޔަ ދޯންޏަށް އިންޝުއަރެންސް ފައިސާ ލިބިފައިވާ ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނެފިއެވެ.

ހައްދުންމަތީ ގަމަށް ނިސްބަތްވާ "މިޔަވާލި 4" ދޯނީގެ ވެރިފަރާތުން ސަން އަށް ބުނީ އިންޝުއަރެންސްގެ ގޮތުގައި 1.3 މިލިއަން ރުފިޔާ އެލައިޑް އިންޝުއަރެންސް އިން ދީފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ މެއި މަހު އިންޝުއަރެންސް ފައިސާ ލިބިއްޖެ. ދޯނި މަރާމާތުކޮށް އޮގަސްޓު މަހު ދުއްވަން ވެސް ފެށިއްޖެ،"

މިޔަވާލި 4 --- ފޮޓޯ: އަޝްރަފް

އަށްޑިހަ ފަސް ފޫޓުގެ އެ ދޯންޏަކީ 3.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ދުއްވަން ފެށި ދޯންޏެކެވެ. ދޯނީގެ ވެރިފަރާތުން ބުނީ ދޯނި ގަތުުމަށާއި އިންޖީނު އަދި މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުމަށް އެހާވަރު ހަރަދުވިކަމަށެވެ.

"ކެރޭނު ވެއްޓުމުން ލިބުނު އެންމެ ބޮޑު ގެއްލުމަކީ އިންޖީނުވެސް މޫދު އަޑިއަށް ދިއުން،" ދޯނީގެ ވެރިފަރާތުން ބުންޏެވެ.

"ދޯނި އަލުން ދުއްވައިގަތީ އިންޝުއަރެންސް ފައިސާގެ އިތުރުން ރައްޓެހިންނާ އަމިއްލަ ބައެއް ފަރާތްތަކުގެ ދީލަތި އެހީއާއެކު. އަލުން ދުއްވައިގަތުމަށް 1.8 މިލިއަން ރުފިޔާ ހަރަދުވި،"

މިޔަވާލި 4 --- ފޮޓޯ: އަޝްރަފް

މިޔަވާލި 4 އަށް ދޭންޖެހޭ އިންޝުއަރެންސް ދީފައިވާކަން އެލައިޑް އިންޝުއަރެންސް އިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.