ކަސްޓަމަރުންނަށް ބަދަލުދޭން ދެކޮޅު ހެދި އިންޝުއަރެންސް ކުންފުންޏެއް ޖޫރިމަނާކޮށްފިއެވެ.

އިނގިރޭސި ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މޯބައިލް ފޯނު އިންޝުއާ ކޮށްދޭ ލިބަޓީ މިއުޗުއަލް ޔޫރަޕް ވަނީ ކަސްޓަމަރުންނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެދުމުން އެ ބަދަލުދޭން ދެކޮޅު ހަދައިފައެވެ.

އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައިވާއިރު ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ އިން މިހާރު ވަނީ ލިބަޓީ މިއުޗުއަލް 5.3 މިލިއަން ޕައުންޑުން ޖޫރިމަނާކޮށްފައެވެ. އެކުންފުންޏަކީ ކަސްޓަމަރުން ކުރާ ކްލެއިމް ތަކަށް ބަދަލުދޭން ދެކޮޅު ހެދުމުގެ ތާރީހެއް އޮތް ކުންފުންޏެއް ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އެގޮތުން 2005 އިން 2015 އާ ހަމައަށް ކޮށްފައިވާ ޝަކުވާތަކާއި ކްލެއިމްތަކަށް ބަދަލު ނުދޭކަން ވަނީ ފާހަގަ ކޮށްފައެވެ.

ލިބަޓީ އާ އެކު ތާޑް ޕާޓީ ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރި ކުންފުންޏަކުން ވަނީ ކަސްޓަމަރުން ކޮށްފައިވާ ޝަކުވާތަކަށް 4 މިލިއަން ޕައުންޑު ބަދަލުގެ ގޮތުގައި ދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބަޓީގެ އެއްބާރުލުން ނުލިބި އެ ޕޭމެންޓުތައް ނުހެދި އޮތީއެވެ.

ލިބަޓީގެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ލިބަޓީ އިން ވަނީ ބައެއް ކަސްޓަމަރުންނަށް ސެޓްލްމަންޓަ ހަދައިދީފައެވެ. އެހެންވެ އެކުންފުންޏަށް ވަނީ 30 ޕަސެންޓުގެ ޖޫރިމަނާ މައާފެއް ދީފައެވެ.

ފައިނޭންޝަލް ޓައިމްސް