ހޮލީވުޑްގެ ކާމިޔާބު ބަތަލާ ހިލަރީ ޑަފް އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ހިލަރީ ވަނީ އޭނާ އަށް އަންހެން ކުއްޖެއް ލިބުނުކަން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ބުނެފައެވެ.

ހިލަރީ ވިހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ދަރިފުޅަކީ ހިލަރީ އާއި އޭނާގެ ލޯބިވެރިޔާ މެތިއު ކޯމާގެ އަލަތު ދަރިފުޅެވެ.

އޭނާ ވަނީ ގިނަ އަދަދެއްގެ ފިލްމާއި ސީރީޒް ތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި "އަ ސިންދަރެއްލާ ސްޓޯރީ"، "ޔަންގާ" އަދި "ފްލަޑް ފައިޓް" ހިމެނެއެވެ.

ހިލަރީ ވަނީ ކުރިން ކައިވެންޏެއްކޮށްފައެވެ. އޭނާ އާއި ހޮކީ ކުޅުންތެރިޔާގެ މައިކްގެ ކައިވެނި 2010 ވަނަ އަހަރު ރޫޅުނުއިރު އެދެމީހުންގެ ކައިވެންޏަށް ވަނީ ފިރިހެން ދަރިއެއް ވެސް ލިބިފައެވެ.