31 Oct 2018, 09:03
އެޕަލް އިން ރޭ ދައްކާލި އެ ކުންފުނީގެ ރީ ޑިޒައިންޑް މެކްބުކް އެއަރ އަދި އައިޕެޑް ޕްރޯއަށް ޕްރީ އޯޑަރު ކުރަން ހުޅުވާލައިފިއެވެ.
އެކުންފުނިން ރޭ ދައްކާލި މެކްބުކް އެއަރއަކީ ޔޫއެސްބީ ސީ ޕޯޓަކާއެކު އުފައްދާފައިވާ ޕްރޮޑަކްޓެކެވެ. އާ މެކްބުކްގައި ޓަޗް އައިޑީ ވެސް ވަނީ ހިމަނައިފައެވެ.
އަންނަ މަހުގެ ހަތަކުން ފެށިގެން އާ މެކްބުކް އެއަރ ގަންނަން ލިބޭނެއެވެ. ކުރީގެ މެކްބުކް އެއަރ ތަކަށްވުރެ ތުނިވާނެ މި މެކްބުކްގެ އަގު އުޅެނީ 1199 ޑޮލަރުން ފެށިގެންނެވެ.

އެޕަލްގެ އާ މެކްބުކް ޕްރޯ
ރޭ އެޕަލް އިން ދައްކާލި އައިޕެޑް ޕްރޯއަށް ބަލާއިރު، މީގެ ކުރީ އައިޕެޑް ޕްރޯގައި ހެޑްފޯނު ޖެކެއް ހިމަނާފައިވީނަމަވެސް، އާ އައިޕެޑުން ވަނީ ހެޑްފޯނު ޖެކު އުނިކޮށްފައެވެ. އާ އައިޕެޑުގައި ފޭސް އައިޑީ ހިމަނާފައިވާއިރު އެޕަލް ޕެންސިލް އެއްވެސް އާ އައިޕެޑާއެކު ހިމަނާފައިވެއެވެ. މިފަހަރުގެ އައިޕެޑުގައި ހިމަނާފައިވަނީ ޔޫއެސްބީ ސީ ޕޯޓެކެވެ.
ކުރީގެ އައިޕެޑުތަކާ އަޅާބަލާއިރު ތުނި މި އައިޕެޑު 11 އިންޗި ނޫނީ 12.9 އިންޗިން ލިބެން ހުންނާނެއެވެ. އާންމުކޮށް ގަންނަން ލިބޭނީ އަންނަ މަހުގެ ހަތަކުން ފެށިގެންނެވެ. އަގު އުޅެނީ 799 އާއި 999 ޑޮލަރާ ދެމެދުގައެވެ.