ވިލިމާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިރޭ ބުނީ ވިލިމާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު މިރޭ 22:10 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.