އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ދެއްކުން ހުއްޓާލުމަށް ފަހު އަންނަ މަހު އަނެއްކާ ވެސް ދައްކަން ފަަށާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުގައި އެ ޝޯ އަލުން ދައްކަން ފަށާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސޮނީ ޗެނަލުންނެވެ.

"ދަ ކަޕިލް ޝަރްމާ ޝޯ" ދެއްކުން މެދުކަނޑާލިތާ އަހަރެއްހާ ދުވަސް ވާން ކައިރިވެދާނެއެވެ. އެ ޝޯ ހުއްޓާލުމުން ފޭނުން ތިބީ އިންތިހާއަށް މާޔޫސް ވެފައެވެ.

މިހާރު ސޮނީން ދައްކަމުން އަންނަ އަމީތާބު ބައްޗަން ހޯސްޓްކޮށްދޭ ޝޯ "ކޯން ބަނޭގާ ކަރޯޑްޕަތީ" އަންނަ މަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި އެ ޝޯ ނިމުމުން ކަޕިލްގެ ޝޯ ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވަނީ ހަބަތުރައް ފެތުރިފައެވެ.

އެ ޝޯގެ ދެވަނަ ސީޒަން އަންނަ މަހު ދައްކަން ތައްޔާރު ވަމުން އަންނަ އިރު ކަޕިލްގެ ކައިވެނި އަންނަ ޑިސެމްބަރު މަހު ކުރުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.