31 Oct 2018, 08:48
ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންްޓަޓެއިންމެންޓުގެ ކުރިޔަށް ހުރި ފިލްމުތަކަށް ކާސްޓުން ހޯދަން އިއުލާން ކޮށްފިއެވެ.
ޑާކްރެއިންގެ ފިލްމުތައް ޕްރޮޑިއުސްކުރާ އެ ކުންފުނީގެ ބާނީ މުހައްމަދު އަލީ (މޮގާ) ވަނީ އޭނާގެ ރަސްމީ ފޭސްބުކް އައިޑީގައި ޕޯސްޓެއްވެސް ކޮށްފައެވެ.
އެ ޕޯސްޓުގައި ޑާކްރެއިންގެ ފިލްމުތަކަށް އަންހެން އަދި ފިރިހެން އެކްޓަރުން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.
"ސަން" އާ ވާހަކަ ދައްކަމުން މޮގާ ބުނީ އެކްޓުކުރަން ބޭނުންވާ ފަރާތްތަކުން ޑާކްރެއިންގެ އޮފިޝަލް އީމެއިލް އެޑްރެހަށް މެއިލް ކުރަމުން ގެންދަންވީ ކަމަށެވެ. މިފުރުސަތު އޮތީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ޑާކްރެއިންގެ ފިލްމުތަކަށް ކާސްޓުން ހޯދަން މޮގާ ކުރި ޕޯސްޓު...
"ޝައުގުވެރިކަން ހުންނަ މީހުން ހަމަ އެމީހެއްހެ އުމުރާއި، ގުޅޭނެ ފޯން ނަމްބަރަކާއި ފޮޓޯ ގަނޑެއް އެ ޕޯސްޓުގަ އޭނި މެއިލް އެޑްރެހަށް މެއިލް ކޮށްލާ،" މިއަހަރުގެ ސިނަމާ އަށް "ވަކިން ލޯބިން" ގެނެސްދިން ޕްރޮޑިއުސަރު މޮގާ ބުންޏެވެ.
މޮގާ ބުނީ، މެއިލް ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ވާ ފަރާތްތަކަށް އޮޑިޝަން ބާއްވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ގިނަ އެކްޓަރުން ތަކެއް އެމީހުން ބޭނުން ވެއެވެ. ޑާކްރެއިނުން ވަނީ ކުރިޔަށް ގިނަ ފިލްމު ތަކެއް ގެންނަން ނިންމާފައެވެ.
މިފަހަރު އެކްޓަރުން ބޭނުން ވެގެން އިއުލާން ކޮށްްފައިވަނީ ސީދާ ކޮންް ޕްރޮޖެކްޓަކަށް ކަމެއް ނޭނގެއެވެ. ޑާކްރެއިން އެންޓަޓެއިންމެންޓަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ މޫނު ތަކެއް ތައާރަފް ކޮށްދޭ ބަޔެކެވެ.