30 Oct 2018, 20:13
ފހާޅޮހި އައިލެންޑް ރިސޯޓުން ފަތުރުވެރިއަކުު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފިހަޅޮހިން ސަން އަން މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާގައި ގެއްލިފައިވަނީ ފިލިޕިންސްގެ ފިރިހެނެއް ކަމަށެވެ.
"އެއީ މާފުށީގައި ހުރެފައި މި ރިސޯޓަށް ޑޭ ވިޒިޓަކަށް އައި މީހެއް. ދެން އޭނާ މޫދަށް އެރުނު ސަރަހައްދަކީ ވަރަށް އޮއި ގަދަ ނުރައްކާ ހިސާބެއް. އެއީ ރައްކާތެރި ހިސާބެއް ނޫންކަމަށް ބުނެ ފާހަނގަވެސް ޖަހާފަ ހުންނާނެ." އޭނާ ކިޔައިދިނެެވެ.
ފަތުރުވެރިއާ ގެއްލިގެން ހޯދަން ފެށީ މެންދުރު ކަމަށްވެސް އޭނާ ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 14:49 ހާއިރުއެވެ. އަދި ބުނީ އެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމެއް ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ" ގައި އެސަރަހައްދަށްގޮސް މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ހާދިސާއާއި ގުޅިގެން މި ރިސޯރޓްގެ ޑައިވިންގ ޓީމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ޚަބަރެއް ނުވެގެން ގެއްލިފައިވާ ފަތުރުވެރިޔާ އެންމެފަހުން ލައިގެން ހުރީ ކަޅުކުލައިގެ ސޫޓެއްކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.