30 Oct 2018, 12:49
ވަން ޕްލަސްގެ އާ ފްލެގްޝިޕް ފޯނު ވަން ޕްލަސް6 ލޯންޗުކޮށްފި އެވެ.
މި ފޯނުގައި ހިމެނޭ މުހިއްމު ކަންތަކަކީ ކުރިން ލީކުވެފައިވާ މައުލޫމާތުތަކާ ދާދި އެއްގޮތް ކަންތައްތަކެކެވެ. އެގޮތުން ފޯނުގެ ފިންގާ ޕްރިންޓް ސްކޭނަރު ހިމަނާފައި ވަނީ ސްކްރީނުތެރޭގަ އެވެ. އަދި 6.41 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ ވަންޕްލަސް 6ޓީ 3700 އެމްއޭއެޗްގެ ބެޓެރީއެއް ވެސް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން މި ފޯނުގައި 16 މެގަޕިކްސެލް އާއި 20 މެގަޕިކްސެލްގެ ޑުއަލް ކެމެރާ ސެޓަޕެއް ހިމަނާފައިވެ އެވެ.
ވަން ޕްލަސް6 ޓީ-- ފޮޓޯ ވާޖް
ވަން ޕްލަސް 6ޓީގެ އަގުތަކަށް ބަލާއިރު 128 ޖީބީގެ މެމޮރީއާ އެކު ހަ ޖީބީގެ ރެމް ހިމެނޭ ފޯނުގެ އަގު އުޅެނީ 549 ޑޮލަރުގަ އެވެ. 128 ޖީބީގެ މެމޮރީ އާއެކު އަށް ޖީބީގެ ރެމް ހިމެނޭ ފޯނުގެ އަގު އުޅެނީ 579 ޑޮލަރުގައެވެ. އަދި 256 ޖީބީގެ މެމޮރީ އާއެކު އަށް ޖީބީގެ ރެމް ހިމެނޭ ފޯނުގެ އަގު އުޅެނީ 629 ޑޮލަރުގަ އެވެ.
މިރާ ބްލެކް އަދި މިޑްނަިއޓް (މެޓް) ބްލެކް އިން ވަން ޕްލަސް 6ޓީ ލިބެން ހުންނާނެއެވެ. ވަން ޕްލަސް އިން ވަނީ ފުރަތަމަ ފަހަރަށް ޓީ މޮބައިލް އާއެކު އޮންލައިންކޮށް ވަންޕްލަސް 6ޓީ ވިއްކުމަށް އެއްބަސްވުމެއް ހަދައިފަ އެވެ.