ސްރީލަންކާގެ އުވާލި ކެބިނެޓްގެ ޕެޓްރޯލިއަމް މިނިސްޓަރު އަދި ކުރީގެ ކްރިކެޓް ލެޖެންޑު އަރްޖުނާ ރަނަޓުންގާ ކަފާލާތުގެ ދަށުން ރޭ މިނިވަން ކޮށްފިއެވެ.

އިއްޔެ އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެ ގައުމުގައި ހިނގައިދިޔަ ހަމަ ނުޖެހުމުގައި މީހެއްގެ ގަޔަށް ބަޑި ޖެހި މައްސަލައިގައެވެ. އަރުޖުނާ މިނިވަންކޮށްފައިވަނީ 500،000 ރުޕީސް ކޯޓުގައި ބަހައްޓައިގެންނެވެ. އަރުޖުނާގެ މައްޗަށް ކުރަނީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން ތެރެއަށް ވަން މައްސަލައެވެ.

ބަނޑި ޖެހި ހާދިސާގެ ފަހަތުގައި ހުރި އަރްޖުނާގެ ބޮޑީގާޑް ވެސް ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. ބޮޑީގާޑުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ސްރިލާންކާގެ ސިޔާސީ މަސްރަހަށް އައި ބަދަލާ އެކު ރައީސް ސިރިސޭނާ ވަނީ އެ ގައުމުގެ ކެބިނެޓް އުވާލައި އިއްޔެ އާ ކެބިނެޓެއް އެކުލަވާލައިފައެވެ. ބޮޑު ވަޒީރު މަހިންދަ ރާޖަ ޕަކްސަ އަކީ ކެބިނެޓްގެ ފިނޭންސް މިނިސްޓަރެވެ.