30 Oct 2018, 12:11
ސިނަމާލެ ބްރިޖާ ހުޅުމާލެއާ ދެމެދު އަޅާފައިވާ ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ހަޔެއް ޖަހާކަންހާއިރު މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ވޭނެއް، ހައިވޭ ދެކަފިވާ ސަރަހައްދުން ކޮންޓްރޯލުނުވެ އަރިމަރީ ފެންސްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
ވޭން ދުއްވަން އިން ބިދޭސީ ޑްރައިވަރަށް މި އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާތަކަށް ފަރުވާދިނުމަށް ބިދޭސީ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި މިހާރުގެ ހާލަތު ސާފުވާގޮތް ވަނީ ނުވެފައެވެ.
ރޭ ވެސް ބްރިޖުު ހައިވޭގައި ދެ ސައިކަލު ޖެހި ވަނީ އެކްސިޑެންޓެއް ހިނގައިފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހަކަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން އެކަކު ވަނީ މިހާރު ދޫކޮށްލައިފައެވެ.